ސަލަފް ރިޙްލާ 2025 ގެ ޙަރަކާތްތަކުގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ގުރުއަތުލައި، ނަންތައް އިޢުލާންކޮށްފި
ސަލަފް ނިއުސް ޓީމް
04 ނޮވެމްބަރ 2025
ޖަމްޢިއްޔަތުއްސަލަފުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ސަލަފް ރިޙްލާ 2025 ގެ ޙަރަކާތްތަކުގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ގުރުއަތުލައިފިއެވެ. މި ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވަނީ ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި އަހަރުގެ ރިޙްލާގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ ޢަދަދެއްގެ ޒުވާނުންނާއި ޢާންމު ރައްޔިތުން ވަނީ ބައިވެރިވެފައެވެ. ރިޙްލާގެ މައިގަނޑު މަޤްޞަދަކީ އިސްލާމީ އަޚްލާޤާއި ތަރުބިއްޔަތު އުނގަންނައިދިނުމާއެކު، އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމެވެ.